ސަޅި ހިޕްހޮޕް ލަވަތަކެއް ނެރެމުން އަންނަ ‘ޔުނިކޯ ބީޓްސް ސްޓޫޑިއޯ’އިން އަނެއްކާވެސް ސަޅި ލަވައެއް ނެރެފިއެވެ. މިފަހަރު ނެރެފައިވަނީ “ފުރާނަ” އެވެ.
“އިރެއްގައި އޭނާގެ ހިތް އެ އަންހެންކުއްޖާގެ މިލްކުގެ ދަށުގައި އޮތެވެ. ނަމަވެސް އާޚިރުގައި އެ ހިތް ހަލާކުކޮށްލީވެސް އެ އަންހެންކުއްޖާއެވެ. ހިތްހަލާކުކޮށްލާފައި ދިޔައީ އިތުބާރުގެ ގުގުމުންތައް ދޫކޮށްލާފައެވެ.” – މިއީ “ފުރާނަ” ލަވައިގެ މައިގަނޑު ވާހަކަތަކެވެ.
“ފުރާނަ” ލަވަ ކިޔާފައިވަނީ ޖީނީ (ޖިނާން ޝަރީފް) އަދި ކޮފިން (މާއިލް ރަމީޒް) އެވެ. ލަވައިގެ މިއުޒިކް އަދި މާސްޓަރިންއާއި މިކްސިން ހަދާފައިވަނީ ޖީނީ އެވެ. ސައުންޑްކްލައުޑް އަދި ޔޫޓިއުބް މެދުވެރިކޮށް މިހާރު އަޑުއަހައިލެވެން ހުރި މި ލަވައިގެ ލިރިކްސް ވަރަށް ހިތްގައިމުކަމަށް ފާހަގަކޮށްލެވެއެވެ.
“މި ލަވަޔަކީ ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ފުރަތަމަ އަލްބަމް “ފުރާނަ: ފުރަތަމަ ލަވަ. ޔުނިކޯއިން މި ދަނީ އަލްބަމެއް ތައްޔާރުކުރަމުން.“
* ޔުނިކޯ ބީޓްސް ސްޓޫޑިއޯ
ޔުނިކޯ ބީޓްސް އިން ބުނީ ކޮފިން ނުވަތަ މާއިލް ރަމީޒަކީ މިއުޒިކީ ދާއިރާއަށް އައު އަޑެއް ނަމަވެސް ހުނަރުވެރި ފަންނާނެއް ކަމަށެވެ.
މި ލަވައިގެ ޑައިރެކްޝަން ހަދާފައިވަނީ ޢަލީ އީލާފް ބިން ޝަހްނީޒް (އީކޭ) އެވެ.
އެންމެ ފަހުން ޔުނިކޯ ބީޓްސް ސްޓޫޑިއޯއިން ނެރެފައިވަނީ “ބޭވަފާ” އެވެ. އެ ލަވަ ކިޔާފައިވަނީ ޖީނީ އަދި ލަހޫ އެވެ.
ހިޕް ހޮޕް ލަވަ ކިޔުމަށް ފޯރި ހުންނަ ޒުވާން ގްރޫޕްގެ އަމާޒަކީ ހިޕް ހޮޕްގައި ލީޑްކުރާ ބަޔަކަށް ވުމެވެ.
’ޔުނިކޯ ބީޓްސް ސްޓޫޑިއޯ’ ގެ އޮފިޝަލް ނިއުސް ފްލޭޝް ޕާޓްނާއަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ
- 13 މާރޗް 2025ޚަބަރުމިފަހަރު މަނިކް ނެރެނީ “ކަޅިރަވައިގެ ޖާދޫ”