‘ލޫދިފާ’ އާއި ‘ހޭލާ’ ގެނެސްދިން ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ “އަބަދަށް”ގެ ޓްރެއިލާ މިއަދު އާއްމުކޮށްފިއެވެ. ޓްރެއިލާ ބަލައިލުމުން ފެނިގެންދިޔައީ އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެކެކެވެ. މި ފިލްމަކީ ހަމަ ހަޤީޤަތުގައިވެސް ފިލްމުގެ ޕްރޮމޯޝަނަލް ޕޯސްޓަރުތަކުގައި އެ ބުނާ ފަދައިން ބެލުންތެރިން ‘ގެއިން ނެރެ ފިލްމު ބަލަން ސިނަމާއަށް ދާން މަޖުބޫރުވާވަރުގެ’ ޕްލޮޓެއް އޭގައި އޮތް ފިލްމެއްކަން މި ކުރު ޓްރެއިލާއިން ވެސް ދައްކުވައިދެއެވެ.

“އަބަދަށް”ގެ ޓްރެއިލާ ދެތިން ހަތަރު ފަހަރަށް ބަލައިލަން ހަމަ ގައިމުވެސް އަހަންނަށް ޖެހުނެވެ. ފެންނަ ހަމަ ކޮންމެ މަންޒަރަކީ މުހިންމު މަޒަރެކެވެ. ކޮންމެވެސް ބޮޑު ވާހަކައެއް ކިޔައިދޭ މަންޒަރެކެވެ. ޓްރެއިލާއިން ދައްކައިދޭ ކެޕްޝަންތަކަށް އެކަނި ބަލައިލިޔަސް އެ ބުނެދެނީ މުހިންމު، ގިނަ އަދި ބޮޑެތި ވާހަކަތަކެކެވެ.

“އަހަންނަށް މުޅި ދުނިޔެ ބަދަލުވެއްޖެ! ޙަޤީޤަތް އޮޅިއްޖެ! އަހަންނަށް އަހަރެން ބޭކާރުވެއްޖެ! ސިކުނޑި ބަންދުވެއްޖައިން! ގޮތްހުސްވެއްޖައިން! ފޫހިވެއްޖައިން! އަހަންނަށް އަހަރެން ގިނަވެއްޖެ!

* “އަބަދަށް” ޓްރެއިލާގައި ލީޑް އެކްޓަރު ވާޝިޔާގެ އޯފް ދަ ސްކްރީން ޑައިލޮގް

 

View this post on Instagram

 

A post shared by @noornmovies

ވާޝިޔާގެ މި ޑައިލޮގުތަކަށްފަހު ދެން ފެންނަނީ މި ފިލްމުގެ ވަރުގަދަ ކެރެކްޓާ ރޯލަކުން ފެނިގެންދާ ޝާރިފެވެ. ‘ބޯވައެއް ކުލަބަދަލުކޮށްލާހާ މޮޅަށް، ޖެހުނު ހަމަ ކޮންމެ ކެރެކްޓަރއަކަށް ފިޓް އެކްޓަރެއްކަން’ ސާބިތުކޮށްދެމުން އަންނަ ޝާރިފް މި ފިލްމުން ފެނިގެންދާނީ ކޮން ކެރެކްޓަރއަކުންކަން ޓްރެއިލާއިން އެކަނިވެސް ރަނގަޅަށް ދައްކުވައިދެއެވެ. ޝާރިފަކީ ޖެހުނު ހަމަ ކޮންމެ ކެރެކްޓަރއަކަށް ފިޓް އެކްޓަރެއްކަން ކުރިއަށް ހުރި ޕޯސްޓްތަކުން މުނިއަވަސްގެ ކިޔުންތެރިންނަށް ޝާރިފް މެދުވެރިކޮށް ގެނެސްދޭނަމެވެ.

ދެން ފެނިގެންދަނީ ރާއްޖޭގައި ތިބިި އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހުރި ހުނަރުވެރި އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)ގެ ވަރުގަދަ އަދި ތަފާތު ކެރެކްޓަރއެވެ. ޤައުމީ ދިފާޢީ ބާރުގެ ވަރުގަދަ އޮފިސަރެއްގެ ޔުނިފޯމުގައި ހުންނަތަނެވެ. ހަމަ އެހެންމެ “ގަމިނި” އަދި “ދަރަކަ” އިން ހުނަރުވެރި އެކްޓިންއެއް ދައްކާފައިވާ ސޫޒަން އިބްރާހީމްފުޅު ފެނިގެންދަނީ ތަފާތު ހެދުމެއްގައެވެ. ވަރުގަދަ ކެރެކްޓާ ރޯލަކުންކަން އޭނާ ފެނިގެންދާ މަންޒަރުތަކުން ދައްކުވައިދެއެވެ.

ރާއްޖޭގެ އެންމެ ހުނަރުވެރި އެކްޓަރު ޔޫއްޕެގެ ދެތިން ހަތަރު ފެނިލުމެއް މި ކުރު ޓްރެއިލާއިން ދައްކާލާއިރު ޔޫއްޕެއަށް ކުރިމަތިވާ ނުރައްކާތެރި ހާލަތެއްގެ މަންޒަރުތަކުގެ ތެރެއިން ވަރުގަދަ އެކްޝަން ސީންއެއްގެ ތަންކޮޅެއްވެސް ޓްރެއިލާއިން ފެނިގެންދެއެވެ. ދިވެހި ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުން އެމީހުންގެ ޒިންމާތައް އަދާކުރާތަން ފެނިގެންދާއިރު، ގޭންގް ވަޔަލެންސް އަދި ކްރައިމްތަކެއްވެސް “އަބަދަށް” ޓްރެއިލާއިން ދައްކުވައިދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.