ފިލްމު އުފެއްދުންތެރިޔާ އަދި ޑައިރެކްޓަރ ފާޠިމަތު ނަހުލާ (ނަހޫ)ގެ ފިލްމް “ސޮރީ“ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެން ނިންމާފައިވާކަމަށް ނަހޫ ބުނެފިއެވެ. ރަސްމީ ޓްރެއިލާ ނެރޭނީ މިރޭ 09:00ގައި މާލޭ ސޯޝަލް ސެންޓަރުގައި އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބޮޑު އިވެންޓްގައެވެ.
ސޯޝަލް ސެންޓަރުގައި އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބޮޑު އިވެންޓަކީ ފިލްމުގެ ރަސްމީ ޕޯސްޓަރާއި ފިލްމުގައި ހިމެނޭ ބައެއް ލަވަތައް ނެރުމަށް ބާއްވާ އިވެންޓެކެވެ. މި އިވެންޓް އާއްމު މައިދާނެއްގައި ބޭއްވުމަށް ނަހޫ ނިންމީ ފިލްމުގެ ކަންކަން ބެލުންތެރިންނާ ވީހައިވެސް ގާތުން ގެނެސްދިނުމަށް ކަމަށް ނަހޫ ބުންޏެވެ.
2025 ޖޫން 17ވަނަ ދުވަހުގެ ރޭ ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ ނެރުން އިޝްތިހާރުކުރުމަށް މިމަހު 07 ވަނަ ދުވަހު އާއްމުކޮށްފައިވާ ވީޑިއޯއަކުން ފިލްމުގެ ބައެއް މަންޒަރުތައް ދައްކާލާފައިވަނީ ފިލްމުގައި ހިމެނޭ އަސަރުގަދަ ލަވައެއް އިވޭގޮތަށެެވެ. މި ލަވައަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. ލަވަ އަޑުއެހުމަށް ފަހު ބައެއް ފަރާތްތަކުން ބުނެފައިވަނީ ގައިން ހީބިހިނަގައިގެން ދިޔަ ކަމަށެވެ.
މި ފިލްމުގައި ހިމެނޭ ލަވަތަކުގެ ތެރެއިން ލަވައެއް ނަހޫގެ ދަރިފުޅު ނާޝް ވެސް ކިޔާފައިވެއެވެ. މީގެ އިތުރުން ކުރިއަރަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ ރާޔާ އަޝްރަފްގެ ލައެއްވެސް ހިމެނެއެވެ. ހަމަ އެހެންމެ ނަހޫ ކުރިން އުފައްދާފައިވާ ފިލްމެއްގައި ހަރަކާތްތެރިވި ނަބީލްގެ ލަވައެއްވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.
@muniavas SORRY_themovie – Official Trailer Releasing on 08/04/25, in an open event at Male’ Social Centre @Fathimath Nahula @AxzxA ♬ original sound – MUNIAVAS
ފިލްމް “ސޮރީ“ އަކީ ނަހޫ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިޔަމް އައްޒަ، ޔޫއްޕެ، ލާލި، އެވްލީ އެވެ. މީގެ އިތުރުންވެސް ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ ތަރިންތަކެއް މި ފިލްމުގައި ހަރަކާތްތެރިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 8 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު“ލޯބިން” އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟