ދިވެހި ފިލްމު ބެލުންތެރިން މިވަގުތު އެ ފިލްމަކަށް އެންމެ ބޮޑު އިންތިޒާރެއް ކުރަމުން އަންނަ ފިލްމު “ސޮރީ“ގެ ރަސްމީ ޓްރެއިލާ، ރަސްމީ ޕޯސްޓަރު އަދި ފިލްމުގައި ހިމެނޭ ބައެއް ލަވަތައް އާއްމުކޮށްފިއެވެ. މިމަހު 08 ވަނަ ދުވަހުގެ ރޭ ފިލްމުގެ ޓްރެއިލާ، ޕޯސްޓަރު އަދި ބައެއް ލަވަތައް އާއްމުކޮށްފައިވަނީ އެކަމަށްޓަކައި ސޯޝަލް ސެންޓަރުގެ ބޭރު ސްޓޭޖްގައި އާއްމުކޮށް ހުޅުވާލައިގެން ބޭއްވި އިވެންޓެއްގައެވެ.
ރޭ އާއްމުކޮށްފައިވާ ފިލްމު “ސޮރީ“ގެ ރަސްމީ ޓްރެއިލާއަށް ބޮޑު ތަރުހީބަކާއި ތަޢުރީފެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. ގިނަ ބަޔަކު އިއްތިފާޤް ވެފައިވަނީ މި ފިލްމަކީ ‘ނަހޫ ސްޓައިލްގެ ރީތި ފިލްމަކަށް’ ވެގެންދާނެ ފިލްމެއް ކަމަށެވެ. ޓްރެއިލާއިން އެތަކެއް އިހްސާސްތަކެއް ދައްކުވައިދޭ މަންޒަރުތަކެއް ފެނިގެންދެއެވެ. ލޯބި، ހިތާމަ، ރުޅިއާއި ނަފުރަތު ފަދަ އިންސާނީ ޖަޒްބާތުތައް ވަރަށް ރަނގަޅަށް ގެނެސްދީފައިވާ މި ޓްރެއިލާއިން ނަހޫގެ ފިލްމުތަކުން މީގެ ކުރިން ނުފެންނަ ފަދަ ބައެއް ވަރުގަދަ މަންޒަރުތައް ވެސް ފެނިގެންދެއެވެ.
މި އަހަރު ޖޫން މަހު 17ގައި ނެރުމަށް ހަމަޖެހިފައިވާ “ސޮރީ“ގެ ޓްރެއިލާގައި މަންމައާ ބައްޕައާ ދުރުގައި އުޅެން ޖެހިފައިވާ ތުއްތު ކުއްޖެއްގެ އިހުސާސްތައް ދައްކުވައިދީފައިވެއެވެ. ލޯތްބާއި ހިތާމައިގެ މަންޒަރުތަކެއް ޓްރެއިލާގައި ހިމަނާފައިވާއިރު، ހިތުގެ އެންމެ ހިމަނާރަށް އަސަރުކޮށްލުވާފަދަ އަސަރުތަކެއް ފިލްމުގެ ތަރިން ދައްކުވައިދީފައިވެއެވެ.
@muniavas SORRY – Official Trailer 17th June 2025 on Cinemas #sorry_themovie @Shiela Najeeb @Fathimath Nahula @AxzxA ♬ original sound – MUNIAVAS
ރޭ ބޭއްވި އިވެންޓްގައި މި ފިލްމާމެދު ވަރަށް ގިނަ ވާހަކަތަކެއް ފިލްމުގެ ޑައިރެކްޓަރ ފާޠިމަތު ނަހުލާ ބެލުންތެރިންނާ ހިއްސާކޮށްފައިވެއެވެ. އެގޮތުން ނަހޫ ބުނީ ފިލްމުގައި ކުޑަ ދެ ކުއްޖަކު ވަރަށް ބޮޑު ރޯލެއް ކުޅޭތީ ފިލްމު އަސަރު ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށާއި މިއީ ކޮންމެހެން ވެސް ބަލަން ޖެހޭ ފިލްމެއް ކަމަށެވެ. އެގޮތުން، ފިލްމުން ލިބޭ ވަރަށް ފައިދާހުރި އިބުރަތުގެ ބޭނުން ހިފަން ނަހުލާ ވަނީ އެދިފައެވެ.
“އެހެންވީމާ މި ފިލްމު ބަލާފައި ހަމަގައިމުވެސް އަސަރުކުރާނެ. ހަނދާން ވެސް ނުނެތޭނެ. އެކަމަކު ވެސް ނަގާ ބައެއް ޑިސިޝަންތައް ރަނގަޅު ކުރަން އެބަ ޖެހޭ. ހަދާ މިސްޓޭކެއްގެ ސަބަބުން މުޅި ދިރިއުޅުން ބޮޑު ހިތަމާއަކަަށް ވެގެން މިދަނީ. އެކަހަލަ ކަންތައް ވިޔަ ނުދެއްޗޭ.
ސޮރީ މިފިލްމަކީ، ރާއްޖޭގެ ފިލްމު ބެލޭ އުމުފުރާގެ ހުރިހާ އެންމެން، މައިން ދަރިން ގޮވައިގެން އައިސް ބަލަން ޖެހޭ ފިލްމެއް. ވަރަށް އިބްރަތްތެރި، ދަރިންނަށް ދައްކަން މަޖުބޫރު ފިލްމެއް.”
* ފިލްމު “ސޮރީ”ގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ނަހުލާ
@muniavas SORRY Event – Clip 3 @Fathimath Nahula ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!