ޖޫން 17 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު “ސޮރީ“ގެ ހިތްގައިމު އަދި އަސަރުގަދަ ލަވަތައް ދިވެހި ލަވަ އެޕްލިކޭޝަން ‘ލަވަފޮށީ’ގައި އާއްމުކޮށްފި އެވެ. ލަވަފޮށި އެޕްލިކޭޝަންގައި އާއްމުކޮށްފައި ވަނީ 06 ލަވައެވެ. މަޢުލޫމާތު ލިބިފައިގޮތުން މި ފިލްމުގައި ހިމެނޭ އިތުރު ދެ ލަވައެއް އަދި ހިމަނާފައި ނުވެއެވެ.

ފިލްމު “ސޮރީ“ގެ ލަވަތަކަށް ބަލައިލާއިރު:-

📼 މަންމާ – މުޙައްމަދު ޢަބްދުލްޣަނީ

📼 ހިތުގަ ތި ސޫރަ – ޝަލަބީ އަދި މަރިޔަމް އަޝްފާ

📼 ދެން ސޮރީ – ކުޑަ އިއްބެ

📼 ރޮއްވައިފި – މުޙައްމަދު ޢަބްދުލްޣަނީ

📼 ސަޅިއޭ – އަޙްމަދު ނަބީލް އަދި ރާޔާ

📼 ފުނޑުފުނޑުވީމާ – މުޙައްމަދު ޢަބްދުލްޣަނީ އަދި މަރިޔަމް އަޝްފާ

ކްރިސްޓަލް އެންޓަޓެއިންމެންޓުން ގެނެސްދޭ ނަހުލާގެ “ސޮރީ“ގެ ލަވަތައް ލޯންޗްކޮށްފައި ވަނީ މިމަހު 08 ވަނަ ދުވަހުރެ ރޭގައެވެ. ލަވަތަކުގެ އިތުރުން ފިލްމުގެ ޕޯސްޓަރުތަކާއި ރަސްމީ ޓްރެއިލާވެސް ލޯންޗްކޮށްފައިވެއެވެ. ފިލްމުގެ ޓްރެއިލާ އާއްމުކުރިތާ އެންމެ ދެދުވަސް ތެރޭ ދެލައްކައަށް ވުރެން ގިނަ ވިއުޒް “ސޮރީ“ގެ ފޭސްބްކް ޕޭޖުން އެކަނިވެސް  ލިބިފައިވެއެވެ.

މަރިޔަމް އައްޔަ، ޔޫއްޕެ، ލާލި، އެވްލީ، އާނަންދު އަދި ޝިޔާގެ އިތުރުންވެސް މަޝްހޫރު ގިނަ ތަރިންތަކެއް ހަރަކާތްތެރިވެފައިވާ “ސޮރީ“ އަކީ ނަހުލާ ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.

މި ފިލްމުގެ ޓްރެއިލާއިން ލޯބި، ނަފްރަތު، ރުޅިވެރިކަން، ހިތާމަ ފަދަ އިހުސާސްތައް ވަރަށް ބޮޑަށް ގެނެސްދީފައިވެއެވެ. މީގެ އިތުރުން އެކްޝަން މަންޒަރެއްގައި ރާއްޖޭގައި ތިބި ވިލަން ރޯލުކުޅޭ އެންމެ ވަރުގަދަ ދެ އެކްޓަރުން ކަަމަށްވާ ރިއްޕެ އަދި އައްކިގެ ވަރުގަދަ ކުރިމަތިލުމެއްވެސް ފެނިގެންދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.