މިވަގުތު އިންޑިއާގެ ޤައުމީ ޗެނަލް ‘ދޫރް ދަރްޝަން’ އިން ކުރިއަށް ގެންދާ “ބެޓްލް އޮފް ބޭންޑްސް” ގައި ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް” އިން މިއަދު ހުށައެޅި ހުށައެޅުމުން ގެސްޓް ޖަޖް އަނޫ މަލިކްގެ ހިތް އަތުލައިފިއެވެ.

ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް” އިން މިއަދު ހުށައެޅީ ރާއްޖޭގެ ލިޖެންޑަރީ ލަވަކިޔުންތެރިޔާ މަރްހޫމް މެޒޯ މޯޑްގެ “ކަމަނަ ގޯތީ އާދަނުތާ” ލަވައާއި “ފިނިފިނި ވާރޭގާ ތެމުނީމާ” ލަވައިގެ ފިއުޝަންއެކެވެ. ބޭންޑް ހުށައެޅުން ނިމުމުން އަނޫ މަލިކް ބުނީ “އަލިފާން ޖަހައިފި” ކަމަށާ އޭނާއަށް ވާނެ ނަމަ “ބެޓްލް އޮފް ބޭންޑްސް”ގެ ފަޚުރުވެރި އެއްވަނަ “ޓޫ އޮފް އަސް” އަށް ދޭނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.