ދިވެހި ފިލްމު ބަލާ އޯޑިއަންސުގެ ތެރެއިން ޚާއްޞަކޮށް ޒުވާން ފިލްމު އޯޑިއަންސަށް މަޤުބޫލު ފިލްމުތަކެއް ގެނެސްދެމުން އަންނަ މޫމިން ފުޢާދު ޑައިރެކްޓްކޮށްފައިވާ ނޫރް އެން ނޫރް މޫވީސްގެ “އަބަދަށް” ފިލްމުގެ ޕްރިމިއާ ޝޯގެ އިތުރުން ދެވަނަ ޝޯއާއި ތިންވަނަ ޝޯގެ ޓިކެޓްތައް ވިއްކައި ނިމި، އިތުރު ތިން ޝޯގެ ޓިކެޓް ވިއްކަން މިއަދު ހުޅުވާލައިފިއެވެ.
ނޫރް އެން ނޫރް މޫވީސްގެ ޕްރޮޑިއުސަރ ޙުސައިން ނޫރައްދީން ނާޞިރު (ނޫރް) މިއަދު މުނިއަވަސްއަށް ބުނީ މިމަހު 10 ވަނަ ދުވަހު ޓިކެޓް ވިއްކަން ހުޅުވައިލުމާއެކު ހަމަ އެ ދުވަހު، ޕްރިމިއާ ޝޯގެ ހުރިހައި ޓިކެޓެއް އެއްކޮށް ވިކި ހުސްވިކަމަށެެވެ.
“މިމަހު ދިހައެއްގަ ޓިކެޓް ވިއްކަން ފެށި ދުވަހު ފުރަތަމަ ޝޯގެ ޓިކެޓް ވިކި ހުސްވެއްޖެ. ދެން އޭގެ ފަހުން ދެވަނަ ޝޯއާ ތިންވަނަ ޝޯގަ މި އުޅުނީ. ތިންވަނަ ޝޯގެ ޓިކެޓް ވިއްކާ ނިމިގެން މިއަދު އަނެއްކާ އިތުރު ތިން ޝޯ މި ހުޅުވާލީ.
“މިއަދު ހެނދުނު 10:00 އިން ފަށައިގެން ހަތަރުވަނަ، ފަސްވަނަ، އަދި ހަވަނަ ޝޯގެ ޓިކެޓް އޮލިމްޕަހުން ލިބެން ހުންނާނެ، މި ފިލްމަށް ބުކިން ހަދަން ގުޅާނީ 7447555 ހޮޓްލައިން ނަންބަރަށް، މި ނަންބަރަށް ވައިބާ އަދި އެސްއެމްއެސް ކޮށްލައިގެން ވެސް ޓިކެޓަށް ބުކިން ހެދޭނެ!”
* “އަބަދަށް” ފިލްމުގެ ޕްރޮޑިއުސަރ ނޫރް
ނޫރް އިތުރަށް ބުނީ ޓިކެޓް ވިކެމުންދާ ލެއް ރަނގަޅު ކަމަށާ އުއްމީދުކުރި މިންވަރަށް ޓިކެޓް ވިކެމުން އެބަ ދާ ކަމަށެވެ.
މިވަގުތު، “އަބަދަށް” ފިލްމުގެ ޓީމުން މަސައްކަތް ކުރަމުން ދަނީ ފިލްމުގެ ޕްރިމިއާ ޝޯގެ ތައްޔާރީތައް ވުމަށް ކަމަށްވެސް ނޫރް ބުންޏެވެ. ޕްރިމިއާ އިވެންޓް ވަރަށް ވަރުގަދަ ވާނެކަން ފާހަގަކުރަމުން ނޫރް ބުނީ ޕްރިމިއާ ޝޯގައި ސަޕްރައިޒްތަކެއް ހާމަވެގެން ދާނެ ކަމަށާ އިތުރު ތަފުޞީލުތައް ދޭނީ ފިލްމު ޕްރިމިއާކުރާ ތާރީޚް، 28 އޭޕްރީލާ ތަންކޮޅެއް ގާތްކޮށްލާފައި ކަމަށެވެ.
“ޕްރިމިއާ އިވެންޓް ވަރަށް ހައިޕްވާނެ! ޕްރިމިއާގަ ހަމަ ގައިމުވެސް ސަޕްރައިޒްތަކެއް ހުންނާނެ!“
* “އަބަދަށް” ފިލްމުގެ ޕްރޮޑިއުސަރ ނޫރް
“އަބަދަށް” ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ). އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ވާޝިޔާ މުޙައްމަދު، އަޙްމަދު ޝާރިފްގެ އިތުރުން ސޫޒަން އިބްރާހީމްފުޅެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ
- 15 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް ވިކި ހުސްވެއްޖެ
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަ ޝޯގެ ޓިކެޓް ބުކިން ގަޑިއެއްހާއިރު ތެރޭ ފުލްވެއްޖެ