ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާ އެ ޕްރޮޑަކްޝަންގެ 37 ވަނަ އުފެއްދުން ނުވަތަ “ޕްރޮޖެކްޓް 37″ގެ ނަން މިއަދު ހާމަކޮށްފި އެވެ. އެ ފިލްމަކީ “އަލިފާން” ކަން ހާމަކޮށްފައިވަނީ މިއަދު ހެނދުނު ޑާކް ރެއިނުން އާއްމުކޮށްފައިވާ ޓައިޓްލް ރިވީލް ޕޯސްޓްތަކެއްގައެވެ.
ޓައިޓްލް ރިވީލް ވީޑިއޯ ޓީޒަރގައި ފިލްމުގެ ނަން ހާމަކޮށްފައިވަނީ މި ފިލްމުން ވަރުގަދަ ރޯލަކުން ފެނިގެންދާނެ މަޝްހޫރު އެކްޓަރ ރަވީ ފާރޫޤްގެ ހަރުކަށި ފެނިލުމެއް ދައްކައިލަމުންނެވެ.
@muniavas #Project37 is ALIFAAN 🔥 #Project37TitleReveal @Dark Rain Entertainment ♬ original sound – MUNIAVAS
“ޕްރޮޖެކްޓް 37″ގެ ނަމުގައި އެކްޝަން ތުރިލާ ފިލްމު “އަލިފާން″ގެ ޝޫޓިން ފެށީ 19 އޯގަސްޓް 2024ގައެވެ. ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލާފައިވާ ކަމަށް ޑާކްރެއިން އިން ބުނީ މިއަހަރު ފެބްރުއަރީ މަހުގެ މެދެއްހައި ހިސާބުގައެވެ.
އެކްޝަން ތުރިލާ ފިލްމު “އަލިފާން″ ރިލީޒްކުރަން ޕްލޭންކޮށްފައިވަނީ މި އަހަރު އޮކްޓޫބަރު މަހުގައި ކަމަށް ޑާކް ރެއިންގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުންޏެވެ.
މިހާރު މި ފިލްމުގެ މަސައްކަތްތައް އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައެވެ. މި ފިލްމު ޑައިރެކްޓްކުރަނީ އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤްގެ އިތުރުން ޑާކް ރެއިންގެ ޑައިރެކްޓަރ އަލީ ޝިފާއު (ޗިއްޕެ) އެވެ. “ޕްރޮޖެކްޓް 37” ގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ތޮލާލެވެ. މި ޓީމަކީ މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސްދިން ކާމިޔަބު ފިލްމު ރިވެންޖް އެކްޝަން ތުރިލާ “ފުރޭތަ” ވެސް އުފެއްދި ޓީމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު