މިހާރު އޭގެ ފަހުން ދެދުވަސް ފާއިތުވެއްޖެވެ. އަހަރެމެންގެ އާއިލާ އެންމެ އިންތިޒާރުކުރި ދުވަސް އައިސް ޖެހިއްޖެއެވެ. އެއީ އަހަރެމެންގެ ކައިވެނީގެ ދުވަހެވެ. އަހަރެން މި ކައިވެންޏަށް އެހާ އަވަހަށް އާނއެކޭ ބުނީ ކީއްވެކަމެއް އެކަކަށްވެސް ނޭނގޭނެއެވެ.
އަހަރެން ހުދު ހެދުމެއް ލައިގެން ވަރަށް ތައްޔާރުވީމެވެ. މި ކައިވެނިން އަހަރެންގެ ދިރިއުޅުން ބަދަލު ކޮށްލާނެކަން އަހަންނަށް އެނގެއެވެ.
އަބްޔާޒުގެ އާއިލާ އާއި އަހަރެންގެ އާއިލާ ކައިވެނި ކުރަން ހަމަޖެހިފައިވާ މާލަމަށް ދެވުނުއިރު ގަޑިން މެންދުރު 3ގަޑި ބައި ވަނީއެވެ. ކައިވެނި ކުރަން ހަމަޖެހިފައިވަނީ ހަވީރު 4:15 ގައެވެ.
ކައިވެނީގެ ކުރިން އަހަރެން އަބްޔާޒު އަށް ގުޅީމެވެ. މުހިންމު ވާހަކައެއް ބުނުމަށެވެ. އިރުކޮޅެއް ފަހުން އޭނާ އަހަރެންގެ ރޫމްގައި ޓަކިޖެހި އަޑު އިވުނެވެ. ކޮޓަރިއަށް ވަނުމުން އަހަރެން ބުނީމެވެ.
“އަބްޔާޒު ހީކުރީ އަހަރެން މި ކައިވެނި ކުރަނީ އަހަރެން އަބްޔާޒަށް އިތުރު ޗާންސެއް ދޭން ބޭނުންވެގެން ކަމަށްތަ؟ ނޫން އަހަރެން މި ކައިވެނި މި ކުރަނީ މިއެއްބަސް ވުމުގައި ބުނެފައިވާގޮތުން ހުރިހާ ޚަރަދެއް ކުރަން ޖެހެނީ ތި އާއިލާއިން ކަމަށް ވާތީ.”
އަބްޔާޒު އަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ. ހުރިހައި ޚަރަދެއް ކުރުމަށް އަބްޔާޒް އެއްބަސްވިއެވެ.
އިރުކޮޅެއް ފަހެވެ. އަހަރެމެން ދެމީހުން ކައިވެނި ކުރަން ހަމަޖެހިފައިވާ މާލަމަށް ދިޔައިމެވެ. ދިޔައިރު ކަމަކުދާކަށް ނެތެވެ. އެކި ވައްތަރު ވައްތަރުގެ މާމެލިންނާއި ކުލަކުލައިގެ ލައިޓިންގްސް ތަކުން ވަނީ މުޅިތަން ޒީނަތްތެރިކޮށްލާފައެވެ. ކައިވެނިކުރަން ހަމަޖެހިފައިވާ މޭޒު ކައިރިއަށް ދިޔައިރު އެތަންވެސް ވަނީ އާދަޔާޚިލާފަށް ޒީނަތްރިކޮށްލާފައެވެ. ކައިވެނިކޮށްދޭ މެޖިސްޓްރޭޓާއި ދެފަރާތުގެ މަޙްރަމުން އައިސް އަހަރުމެން ކައިރީގައި އިށީންނިއެވެ. ކައިވެނިކޮށް ނިމުމަށްފަހު ވަލީމާ އޮތެވެ. ހަދިޔާތަކުން މޭޒުމަތި ވަނީ ފުރިފައެވެ.
ކައިވެނިކޮށް ފޮޓޯ ނަގާ ނިމުނުއިރު ގަޑިން 8 ޖަހަނީއެވެ. އެއަށްފަހު ޖިނާ އަހަންނަށް މަރުހަބާކިޔެވެ. އަދި ފަހަރިއޭ ކިޔައިފާ ގޮވާލިއެވެ. އަހަންނަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް ހުރެވުނެވެ. އަހަންނަށް އަހާލެވުނެވެ.
“ފަހަރިއޭ، ތީ އަބްޔާޒުގެ ކޮއްކޮތަ؟”
“އާނ. އަހަރެން މިވާހަކަ ފޮރުވީ، ބިކޮޒް މަށަށް އޭރު އެނގިފަ އޮތީ ސަމާ އާދޭތެރޭ ކަންތައް ކުރިގޮތް. ދެން މި ހުރިހާ ވާހަކައެއްދައްކާނީ ފަހުންދޯ،” ޖިނާ ބުނެލިއެވެ.
ޖެހިގެން އައިދުވަހެވެ. އަހަންނަށް ހޭލެވުނީ އަހަރެންގެ ފޯނު އެލާމް ވާން ފެށިއަޑަށެވެ. އޭރު މެދުނުކެނޑި ތިންފަހަރަށް އެލާމްވެއްޖެއެވެ. އެލާމް އޯފްކޮށްފައި ގަޑި ބަލާލިއިރު އޭރު ހެނދުނުގެ ދެބައިވެ ބޮޑުވެއްޖެއެވެ، 10 ޖަހަނީއެވެ. އަހަރެން އަވަސް ކޮށްލައިގެން ބޭރަށް ސައިބޯން ނިކުތްއިރު އެންމެން ތިބީ އަހަރެންގެ އިންތިޒާރުގައެވެ. އަބްޔާޒުގެ މަންމަ އަހަންނަށް ވަރަށް ލޯބިން ގޮވާލިއެވެ. އަދި ބުންޏެވެ.
“ސަމާ، ދަރިފުޅާ އާދޭ ސައިބޮން. އެހެރީ ޕާނާއި ޖޭމާ. ދެން އެހެރީ ކިރު ސައި” . އަހަރެން އަވަހަށް ސައިބޯން އިށީންނީމެވެ. އަދި އަހާލީމެވެ.
“މަންމާ، ކޮބާ އަބްޔާޒު؟ ހޭލިއިރު ފެންނާކަށް ނެތް. މިއަދު އެބައޮތް ޑޮކްޓަރ އެޕޮއިންޓެމެންޓްވެސް.” ޒައިނާ ބުންޏެވެ.
“ނޭނގެ. ބައްޕަ ބުނެގެން އޮފީހަށްކަން ނޭނގެ ދިޔައީ. އަހަން… މިއޮއް އައީ”
ސައިބޮއެ ނިމިގެން އަހަރެން އަބްޔާޒު ގޮވައިގެން ކޮޓަރިއަށް ދިޔައިމެވެ. މުހިންމު ވާހަކައެއް ބުނުމަށެވެ.
“ސަމާ ކީއްވީ؟ މާ ހާސްވެފަ. އިޒް އެވްރީތިނގް އޯލްރައިޓް؟” ކޮޓަރިއަށް ވަނުމާއެކު އަބްޔާޒު އަހަރެން ކައިރީގައި އަހައިލިއެވެ.
“އާނ ހުރިހާ ކަމެއް ރަނގަޅު. އެކަމް ޓެސްޓުތަކެއް ހަދަން މިއަދު ދޭއް ޖަހާއިރު އެބަޖެހޭ ޑޮކްޓަރަށް ދާން. އޭގެ ކުރިން އަހަރެން ބޭނުން ގެއަށް ގޮސްލަން. މިހާރު ދެވިދާނެތަ؟ އެބައަންނަން ފްރެޝް ވެލައިގެން.” އަހަރެން ބުނީމެވެ.
“އާނ ދެވިދާނެ. ހިނގާ ދާން.” އަބްޔާޒު ބުންޏެވެ.
ދެމީހުން ފްރެޝް ވެލައިގެން ނިކުތެވެ. އަދި އަބްޔާޒުގެ މަންމަ ގާތު ބުންނެވެ.
“އަހަރުން ކާނީ މިއަދު ސަމާމެން ގެއިން. ސަމާ ދާހިތުން އުޅޭތީ. އެބަޖެހޭ ސަމާގެ ޓެސްޓުތަކެއް ހަދަން ޑޮކްޓަރަށް ދާން. އެހެންވީމަ އަހަރުން މި ނައްޓާލީ.”
“އެންމެ ރަނގަޅު. ނިމިގެން ދާނީ ސައިބޮން ދޯ.” ސަމާސާ ރާގަކަށް ޒައިނާ ބުންޏެވެ. އާނއެކޭ ބުނެފަ ދެމީހުން ކާރަށް އަރައިގެން ނައްޓާލިއެވެ.
ގަޑިން މެންދުރު 12 ޖަހައިފިއެވެ.. ކާރު އައިސް ސަމާމެން ގޭގެ ދޮރުމައްޗަށް އައިސް ހުއްޓުނެވެ. ސަމާއާއި އަބްޔާޒުއާއި ދެމީހުން ކާރުން ފޭބުމާއެކު ސަލާން ގޮވާލިއެވެ. ބޮޑުދައިތަ ސަލާން ބަލައިގަތެވެ. އަދި ގޭތެރެއަށް ވަނުމަށް ބުންޏެވެ. އޭރު ގޭތެރޭގައި ވަނީ ހަލަބޮލި މާހައުލެއް އުފެދިފައެވެ. ނިއުލީ ވެޑްސް އަށް މަރުހަބާ ކިޔުމަށެވެ.
ގެއަށް ވަނުމާއެކު އެންމެން އެއްފަހަރާ އެދެމީހުންނަށް މަރުހަބާ ކިޔުމަށް ވަށާލައިފިއެވެ. އޭރު ސަމާ ނޭވާ ހާސްވާން ފެށިއެވެ. އެކަން އަބްޔާޒަށް ނޯޓިސް ވިއެވެ. އަދި ފަހަރަކު މީހަކު މަރުހަބާ ކިޔުމަށް އެދުނެވެ.
މަރުހަބާކިޔާ ނިމުމުން ބޮޑުދައިތަ އެދެމީހުން ގާތުގައި ކާމޭޒު ކައިރިއަށް އައުމަށް އެދުނެވެ. އޭރު މޭޒުމަތީގައި ވަނީ ކާއެއްޗެހިން ފުރާލާފައެވެ. ކާފަވެސް އޭރު މޭޒުކައިރީގައި އިންތިޒާރުގައި އިނެވެ. ސަމާ ދިޔަގޮތަށްގޮސް ކާފަ ގައިގައި ބައްދާލިއެވެ.
“ކާފާ.. ކާފަ ކިހިނެއް. ރަނގަޅުތަ؟ ކާފަ މަތިން ވަރަށް މިސްވެސް ވޭ.”
“ކާފަ ވެސް ދަރިފުޅުމަތިން ވަރަށް ހަނދާން ވޭ. ތި ދެކުދިން ވެސް ރަނގަޅުތަ؟ އުފަލުގަ އުޅޭތި. އަބްޔާޒު ދަރިފުޅާ ސަމާ އުފަލުގަ ގެންގުޅޭތި”. ކާފަ ބުންޏެވެ.
“ލައްބަ ކާފާ. ދެން ހިނގާ ކާން. ސަމާ އެބަޖެހޭ ޓެސްޓްތަކެއް ހަދަން ހޮސްޕިޓަލަށް ދާން. މިހާރު އެއޮއް ގަޑި ކައިރިވަނީ!” އަބްޔާޒު ހަނދާންކޮށްދެމުން ބުންޏެވެ.
ކައިނިމުމުން ފަހުން ބައްދަލުވާނެ ކަމަށް ބުނެ ސަމާމެން މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާލަށެވެ. ސަމާ އިނީ ބިރުންނެވެ.
“ސަމާ، ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ދެން ތިކަމާ ނުވިސްނާ.” އަބްޔާޒު ވަރަށް ލޯބިން ބުންޏެވެ.
އޭރު ކާރު ހޮސްޕިޓަލު ކައިރީގައި މަޑުކުރަނީއެވެ. ދެމީހުން ކާރުން ފައިބައިގެން ސަމާގެ ޑޮކްޓަރު ކައިރިއަށް ގޮސް ވަނެވެ. އޭރު އެ ދެމީހުންގެ ޓޯކަން ނަންބަރު ވެސް އޮތީ ޖެހިފައެވެ.
ޑޮކްޓަރ ރޫމަށް ވަނުމާއެކު އެންމެ ފުރަތަމަވެސް ޑޮކްޓަރ އެދެމީހުންނަށް މަރުހަބާ ދެންނެވިއެވެ. އަދި ސަމާގެ ހާލު އެހުމާއެކު އަބްޔާޒު ޖަވާބުދިނެވެ.
“ސަމާ ކުރިއަށްވުރެ ރަނގަޅު. އެކަމަކު މީހުން އޭނަގެ ވަށައިގެން ތިބީމަ ސަމާގެ ނޭވާ ކުޑަކޮށް އުނދަގޫ ވޭ. މިއަދުވެސް އެގޭގަ ތިއްބާ އުނދަގޫވި.” ސަމާއަށް ހައިރާން ކަމެއް ލިބުނެވެ. އަދި ބުންނެވެ.
“އެކަންވެސް ފާހަގަވި ދޯ.”
އަބްޔާޒު އާނއެކޭ ބުންޏެވެ.
ޑޮކްޓަރ ޓެސްޓުތަކެއް ހެދިއެވެ. އަދި ނަތީޖާ ލިބުމަށް އިރުކޮޅެއް ވާނެކަމަށް ބުންޏެވެ. ސަމާމެން ތިބީ ނާރވަސްވެފައެވެ. އެންމެ ބޮޑަށް ނާރވަސް ވެފައިވަނީ އަބްޔާޒުއެވެ. އިރުކޮޅެއް ފަހެވެ. ނަތީޖާއާއެކު ޑޮކްޓަރ ލެބޯރަޓަރީ ރޫމުން ނިކުތެވެ. އަދި ބުންނެވެ.
“ސަމާގެ ނަތީޖާ…………..!”
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިފޫހިފިލުވުމުގެ ޚަބަރުތަކުގެ އިތުރުން ވައްޓަފާޅިއާއި ގުޅުންހުރި ލިޔުންތައް އިމްޝާ ކަވަރު ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 އޭޕްރިލް 2025ވާހަކަމީ ކުރާއުއްމީދު – 04
- 2 އޭޕްރިލް 2025ވާހަކަމީ ކުރާއުއްމީދު – އެޕިސޯޑް 03
- 10 ފެބްރުއަރީ 2025ވާހަކަމީ ކުރާއުއްމީދު – އެޕިސޯޑް 02
- 2 ފެބްރުއަރީ 2025ވާހަކަމީ ކުރާއުއްމީދު – އެޕިސޯޑް 01