ދިވެހި މިއުޒިކާއި ދިވެހި ލަވަ، ބައިނަލްއަޤްވާމީ މުބާރާތެއްގައި ހުށައަޅައި، ދިވެހީންގެ އިތުރުން ބޭރު މީހުންވެސް ހައިރާންކޮށްލި ދިވެހީންގެ ބޭންޑް “ޓޫ އޮފް އަސް”އަށް މި މަހު 25ވާ ހުކުރުދުވަހަކީ ވަރަށް މުހިންމު ދުވަހެކެވެ.
“އަޅުގަނޑުމެންނަށް ސަޕޯޓްކުރުމުގަ ދެމިތިއްބަވާ! މިއީ އާއްމު ރައުންޑުން އަޅުގަނޑުމެން ހުށައަޅާ އެންމެ ފަހު ހުށައެޅުން.
މީގެ ފަހުން ދެން ފެއްޓޭނީ އެލިމިނޭޝަން ރައުންޑް!”
* އަޙްމަދު އަދްހަމް – ޓޫ އޮފް އަސް ބޭންޑް
މިފަހަރުވެސް “ޓޫ އޮފް އަސް”އިން ހުށައަޅާނީ ހިންދީ ލަވައެކެވެ.
‘ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް”ގެ ހަތަރުވަނަ އެޕިސޯޑްގައި “ޓޫ އޮފް އަސް” އިން ހުށައަޅައިދިނީ ހިންދީ ކްލެސިކް ލަވަ “ބަދަންޕޭ ސިތާރޭ” ޒަމާނީ ގޮތަށް ބަދަލުކޮށްލައިގެންނެވެ. ޖަޖުންނަށް މި ހުށައެޅުން ވަރަށް ބޮޑަށް ކަމުދިޔައެވެ.
“ޓޫ އޮފް އަސް! … އާޗާ! އަސްލުވެސް މިއަދުވެސް ތި މީހުން ސްޓޭޖް ގުޑުވާލައިފި!…….
އަހަންނަށް ތިއީ “ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ޥާރޝަނެއް!”
* ޝްރަދާ ޕަންޑިތު
ޝްރާދާގެ އިތުރުން މި އެޕިސޯޑްގެ ޚާއްޞަ ޖަޖް އަބީޖީތު ބަޓްރަޗާރިޔާ އަދި ރާޖާ ޙަސަން ވެސް “ޓޫ އޮފް އަސް”ގެ ހުށައެޅުމަށް ވަރަށް ބޮޑަށް ތަޢުރީފުކުރިއެވެ.
@muniavas “2OfUs” – 4th Performance #abhijeetbhattacharya #2ofus #Episode4 #MaldivesToTheWorld #BattleOfTheBandsInternational #WatchLive #AnuMalik #Doordarshan #WavesApp #SupportMaldivianMusic #Saregama @Ahmed Adhuham @Shahyd Legacy @𝗡𝗮𝘀𝗼𝗼𝗵🦅 #dhivehimusic #mezzomode #badanpesitare #bollywood #bollywoodclassic #oldisgold #hindisong #maldivianmusic #shradhapandit ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” ބޭންޑުގެ 05 ވަނަ ހުށައެޅުން 25 އޭޕްރީލްގައި
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި