އަހަރުގެ ބޮޑު ފިލްމު “އަބަދަށް” މިރޭ އޮލިމްޕަހުގައި ރިލީޒްކުރާނެއެވެ. ވަރުގަދަ ޕްރިމިއާ އިވެންޓަކާއެކު ރިލީޒްކުރާ މި ފިލްމަކީ ދިވެހި ފިލްމުތަކުގެ ތެރެއިން އެ ފިލްމެއްގެ ނަން އަބަދަށް ހަރުލާ ހުންނާނެ ފިލްމު “ލޫދިފާ” އުފެއްދި ޓީމުން އުފައްދާ ފިލްމެކެވެ.
ނޫރު އެން މޫވީޒް އިން ‘މޫވީ އޮފް ދަ އިޔާ’ ގެ ޓެގުލައިނު އަޅުވާފައިވާ މި ފިލްމަކީ ފިލްމު “ހޭލާ” އިން ދިވެހި ފިލްމު އުފެއްދުމުގެ ވައްޓަފާޅި ހޭލައްވައިލި މޫމިން ފުއާދު ޑައިރެކްކޮށް ގެނެސްދޭ ފިލްމެކެވެ.
ފިލްމު “އަބަދަށް” އުފައްދާފައިވަނީ މޫމިން އަދި ނޫރް އެވެ. މިއީ ޙުސައިން ނޫރައްދީން ނާޞިރު (ނޫރް), ޕްރޮޑިއުސްކޮށް މޫމިން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
2011 ވަނަ އަހަރު ނޫރް ޕްރޮޑިއުސްކޮށް، މޫމިން ޑައިރެކްޓްކުރި ‘ލޫދިފާ’ ވަނީ އެފަހަރުގެ ގައުމީ ފިލްމު އެވޯޑްސްގައި ޖުމްލަ 18 ކެޓަގަރީއަކުން އެވޯޑްތަކަށް ނޮމިނޭޓްވެ، އޭގެ ތެރެއިން 12 އެވޯޑް ކާމިޔާބުކޮށްފަ އެވެ. އެންމެ މޮޅު ޑައިރެކްޓަރާއި ސްކްރީންޕްލޭ އަދި މޮޅު ފިލްމުގެ އެވޯޑް ވެސް ‘ލޫދިފާ’ އަށް ލިބުނެވެ.
މި ފިލްމުން ކިޔައިދޭނީ މާލޭގެ މުޖުތަމަޢު މިހާރު އޮތް ގޮތުގެ ވާހަކައެވެ. މާލޭގައި ތޮށްޖެހިފައި އޮތް ކުށުގެ ވެއްޓާއި އާއިލާތަކުގެ ވާހަކަތަކެވެ. މި ފިލްމުން ދިވެހި ފުލުހުންނާއި ދިވެހި ޤައުމީ ދިފާޢީ ބާރުތަކުގެ ޚިދުމަތްތައްވެސް ފެނިގެންދާނެ އެވެ.
ފިލްމުގެ ލީޑްގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ތަޖުރިބާކާރު ދެ އެކްޓަރުން ކަމުގައިވާ ކޮޕީ އިސްމާއިލް ރަޝީދު އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ހިމެނެއެވެ. މީގެ އިިތުރުން ވާޝިޔާ މުޙައްމަދު، އަޙްމަދު ޝާރިފް އަދި ސޫޒަން އިބްރާހިމްފުޅު ވެސް މި ފިލްމުގެ ލީޑުގައި ހިމެނެއެވެ.
ނޫރް ބުނެފައިވަނީ މި ފިލްމާއި ފިލްމު “ލޫދިފާ” އާއި ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށެވެ. އެހެންކަމުން މިރޭ މިއީ ފިލްމުގެ ޓީމުން ބުނެފައިވާ ފަދައިން އެ ފިލްމެއްގެ ވާހަކަ ‘އަބަދަށް’ ދިވެހީން ދައްކާނެ ފިލްމު “އަބަދަށް” ރިލީޒްކުރާ ބޮޑު ރެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!
- 25 އޭޕްރިލް 2025ޚަބަރުޑާކް ރެއިން ފިލްމެއްގަ އެކްޓްކޮށްލަން މިއޮތީ ސަޅި ޗާންސެއް
- 24 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” ބޭންޑުގެ 05 ވަނަ ހުށައެޅުން 25 އޭޕްރީލްގައި
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”