އިންޑިއާގެ ޤައުމީ ޓީވީ ‘ދޫރް ދަރްޝަން ނޭޝަނަލް’ އިން ދައްކަމުން އަންނަ ‘ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް’ގެ ދެވަނަ ސީޒަންގެ އެލިމިނޭޝަން ރައުންޑް މިމަހު 27 ވަނަ ދުވަހު ފަށައިފިއެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅުތަކަށް ނިސްބަތްވާ 13 ބޭންޑް ވާދަކުރާ މި މުބާރާތް، މިފަހަރު ދިވެހިރާއްޖެއަށް ޚާއްޞަވަނީ ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް” އިން މުބާރާތުގައި ބައިވެރިވެ، ވަރުގަދަ ހުށައެޅުންތަކެއް ހުށައަޅަމުން އަންނާތީއެވެ.

“ޓޫ އޮފް އަސް” ބޭންޑްގެ ލީޑް ވޯކަލިސްޓް އަޙްމަދު އަދްހަމް، މުނިއަވަސްއަށް މަޢުލޫމާތުދެމުން ބުނީ މިމަހު 27ގައި އެލިމިނޭޝަން ރައުންޑް ފަށައިފި ކަމަށާ، އެ ބޭންޑްގެ ހުށައެޅުން އޮންނާނީ މިމަހު 29ވާ އަންގާރަދުވަހު ކަމަށެެވެ. އަދި ނަތީޖާ އޮންނާނީ މިމަހު 30 ވަނަ ދުވަހު ކަމަށްވެސް އަދްހަމް ބުންޏެވެ.

“އަޅުގަނޑުމެންގެ ހުށައެޅުން އޮތީ މިމަހު 29ވަނަ ދުވަހު. ރިޒަލްޓްސް އޮންނާނީ 30ވަނަ ދުވަހު!

ސެމީފައިނަލް އޮންނާނީ މޭމަހު 01ގައި.

* އަޙްމަދު އަދްހަމް – ޓޫ އޮފް އަސް ބޭންޑް

މުބާރާތުގެ ކުރިއަށް އޮތް ޝެޑިއުލް ވަރަށް ތަފުސީލުކޮށް ހިއްސާކުރަމުން އަދްހަމް ބުނީ ‘ޓޮޕް 06’ ތެރޭގައި “ޓޫ އޮފް އަސް” ހިމެނިއްޖެ ނަމަ ސެމީފައިނަލަށް ދާނެ ކަމަށެވެ.

“ޓޮޕް ސިކްސްގައި ހިމެނިއްޖެ ނަމަ ސެމީފައިނަލަށް ދާނެ، ސެމީ ފައިނަލް އޮންނާނީ 01 މޭ 2025ގައި.

ޓޮޕް ފައިވްގައި ހިމެނިއްޖެ ނަމަ ފައިނަލަށް ދާނެ، ފައިނަލް އޮންނާނީ 02 މޭ 2025ގައި.

ސެމީފައިނަލް އަދި ފައިނަލްގެ ނަތީޖާވެސް ހަމަ، ދުވަހުން ދުވަހަށް އަންނާނެ.”

* އަޙްމަދު އަދްހަމް – ޓޫ އޮފް އަސް ބޭންޑް

ޑީޑީ ނޭޝަނަލް އެޗްޑީއިން ދައްކާ މި ޝޯ ‘ވޭވްސް އެޕް’ މެދުވެރިކޮށް ބަލައިލެވޭނެއެވެ. މި ލިންކަށް https://www.wavespb.com/links/SH10574jfg ފިތާލައިގެންވެސް ޝޯ ބަލައިލެވޭނެއެވެ. މީގެ އިތުރުން “ހިލޭ ޓީވީ”ގެ ‘ލައިވް އިވެންޓްސް’ ޗެނަލުންވެސް ޝޯ ބަލައިލެވޭނެއެވެ. “ހިލޭ ޓީވީ” ސެޓަޕް ހަދާނެގޮތް މި ލިންކުން ވަރަށް ތަފުސީލުކޮށް ލިބެން ހުންނާނެއެވެ.

“ޓޫ އޮފް އަސް” ބޭންޑްގެ ކޮންމެ ހުށައެޅުމެއް ނިމޭތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް ރެކޯޑިން ބަލައިލެވެން ހުންނާނެއެވެ.

@muniavas 2OfUs – Day 5 BATTLE OF BAND INTERNATIONAL#Battleofbandsinternational #2ofus #BattleOfTheBandsInternational #Doordarshan #WavesApp #SupportMaldivianMusic #Saregama #dhivehimusic #2ofus #Episode5 #MaldivesToTheWorld #BattleOfTheBandsInternational #WatchLive #AnuMalik #Doordarshan #WavesApp #SupportMaldivianMusic #Saregama @Ahmed Adhuham @Shahyd Legacy @𝗡𝗮𝘀𝗼𝗼𝗵🦅 #dhivehimusic #mezzomode #badanpesitare #bollywood #bollywoodclassic #oldisgold #hindisong #maldivianmusic #shradhapandit ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.