މަޝްހޫރު ޑައިރެކްޓަރ ފާޠިމަތު ނަހުލާ (ނަހޫ) ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު “ސޮރީ”ގެ ޓިކެޓް ވިއްކަން ފަށަން ތައްޔާރުވެއްޖެއެވެ. ފިލްމުގެ ޓިކެޓް ވިއްކަން ފަށާނީ 29 އޭޕްރީލް 2025ވަނަ ދުވަހުގެ ރޭ 20:00ގައި ކަމަށް ނަހޫ ބުންޏެވެ.
ޓިކެޓް ވިއްކުން ކުރިއަށްދާނީ ކޮންމެ ރެއަކު 20:00 ން 23:00އާ ދެމެދުގެ ވަގުތުތަކުގައެވެ.
ޓިކެޓް ވިއްކާނީ މއ. ވޭސައިޑް، މާލޭ ގްރޭންޑް، މަޖީދީމަގު، ޓާޓާ ބިލްޑިންގްގެ ފުރަތަމަ ފަންގިފިލާގައެވެ. މިތަން ހުންނާނީ މަޖީދީމަގުގައި ހުންނަ ލެކިއުޓް އަދި ޑައިނަމޯ ކުރިމަތީގައެވެ.
ނަހޫ ފާހަގަކުރިއެވެ.
“މާދަމާއިން ފެށިގެން ކޮންމެ ރެއަކު ޓިކެޓް ދޫކުރުން އޮންނާނެ. ހަމައެއާއެކު ޓިކެޓް ބުކިންވެސް ކުރިއަށްދާނެ!”
*ޑައިރެކްޓަރ ފާޠިމަތު ނަހުލާ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!
- 25 އޭޕްރިލް 2025ޚަބަރުޑާކް ރެއިން ފިލްމެއްގަ އެކްޓްކޮށްލަން މިއޮތީ ސަޅި ޗާންސެއް